އެމްޑީޕީން ބުނި ގޮތުގައި ޝަކީބްއާ ބައްދަލުކުރުމަށް އެދި އިއްޔެ ރަސްމީކޮށް ސިޓީއެއްް ފޮނުވި އެވެ. އަދި މިއަދު އެކަމާ ގުޅިގެން މައުލުމާތު ސާފު ކުރަން ދިއުމުން، ޝަކީބް މާލޭގައި ނޫޅުއްވާ ކަމަށް ޕީއެސްއެމްގެ ރިސެޕްޝަނުން މައުލުމާތު ދިން ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ކަންބޮޑުވުމަކީ އެ ޕާޓީން ބުނި ގޮތުގައި ހަމައެކަނި ސަރުކާރުގެ ސްޓޭންޑު އާންމުންނަށް ގެނެސްދޭތީ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޕީއެސްއެމްގެ އިދާރާ ހުރީ ހުޅުވާފައި ކަމަށާއި އެކަމަކު އެތަނުގައި ބައްދަލުކުރާނެ މީހަކު ނެތް ކަމަށެވެ.
ޝަކީބް އަދި ޕީއެސްއެމްގެ އިސްވެރިޔަކާ މިއަދު އެމްޑީޕީގެ ޓީމަށް ބަދައްލުވެފައެއް ނުވެ އެވެ. އަދި ޕީއެސްއެމްގެ ރިސެޕްޝަންގައި ތިބެ، އެމްޑީޕީން ވަނީ ޝަކީބްގެ އިސްތިއުފާއެއް ވެސް ގޮވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;