އެނިމަލް ވެލްފެއާ މިނިސްޓްރީން މިހެން ބުނިއިރު ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް ދަންޖައްސާ މަރާލި މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ވަނީ ތިން މީހަކާ ސުވާލުކޮށްފަ އެވެ.
ބުޅާ ދަންޖެއްސި މައްސަލަ ފެންމަތިވުމުން އެނިމަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް ބައެއް މީހުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި އަނިޔާކުރުމާއި މަރާލުމުގެ އިތުރުން އެ ތަކެއްޗަށް އަޅާނުލާ ދޫކޮށްލާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބޭ ކަމަށެވެ. އެފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.
ޖަނަވާރުންނަކީ ވޭނާއި ބިރާއި ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަހުލޫގުންނަށްވީ ހިނދު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަމަ އެއާ އެކު، ޖަނަވާރުންނަށް ރަހުމުކޮށް، އޯގާތެރިކަމާއި އަޅާލުމާއި އިންސާނިއްޔާތުކަމާއެކީ އަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއްކަން މިމިނިސްޓްރީން ފާހަގަކުރި އެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް މިހާރު ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާކަން އެ މިނިސްޓްރީން ވަނީ ހަނދާކޮށްދީފަ އެވެ.
އެހެންކަމުން، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުން ޒިންމާދާރުކަމާ އެކު އަމަލުކުރުމަށާއި މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އެ ތަނުން އިލްތިމާސްކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;