މި މައްސަލައިފައި ހައްޔަރުކުރީ އައްޑޫ ފޭދޫ އަންދަލީބުގޭ އަހްމަދު ޝުޖާއު އެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ޝުޖާއުގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކުރީ ގިޔާސުއްދީން ސްކޫލުން ވައްކަން ކުރުމަށް ފަހު އެތަނުގެ ސެކިއުރިޓީއަށް ފިލަން ދަނިކޮށެވެ. އަދި އޭނަ މަގުމަތިން ހުއްޓުވައި ސުވާލު ކުރުމުން އެފަދަ ކަމެއް ނުކުރާ ކަމަށް ބުނި ކަމަށް ބަންދު އަމުރުގައިވެ އެވެ.
ނަމަވެސް ސްކޫލުން ވަގަށް ނެގީ ކޯޗެއް ކަމަށް އަމުރުގައި ފާހަގަކޮށްފައެެއް ނެތެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޝުޖާއަކީ ކުރިންވެސް މި ބާވަތުގެ ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;