މީގެ 10 އަހަރު ކުރިން 2006 ގައި ފެށި "ގޯލްމާލް" ފިލްމު ސީރީޒަކީ އޭގެ މަޖާ ޖޯކުތަކާއި ތަފާތު ކެރެކްޓާތަކުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތަކެކެވެ.
މީގެ ކުރިން މި ފިލްމު ސީރީޒްގެ ހަތަރު ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ "ގޯލްމާލް: ފަން އަންލިމިޓެޑް" (2006) އާއި "ގޯލްމާލް ރިޓާންސް" (2008) އާއި "ގޯލްމާލް 3" (2010) އަދި "ގޯލްމާލް އެގެއިން" (2017) އެވެ.
"ގޯލްމާލް 5" ގެ މައިގަނޑު ކާސްޓުންނަކީ އަޖޭ އާއި އަރުޝަދު ވަރްސީ އާއި ތުޝާރް ކަޕޫރާއި ޝްރެޔަސް ތަލްޕަޅޭގެ އިތުރުން މި ފިލްމު ސީރީޒްގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ކުނާލް ކޭމޫ އާއި ޝަރުމަން ޖޯޝީ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ގޯލްމާލް 5" އިން ފެންނާނެ އެންމެ ބޮޑު ސަޕްރައިޒަކީ، އަޖޭ ދޭވްގަންއާ އެކު މި ފިލްމުގެ މައިގަނޑު ކާސްޓާ އަކްޝޭ ކުމާރު ގުޅުމެވެ. އަކްޝޭ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މިކަން ކަށަވަރުކޮށްދީ، ފިލްމު އިއުލާންކުރި ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ.
އަކްޝޭ ކުރިން ވެސް ރޯހިތާ ދެ ފިލްމެއްގައ މަސައްކަތްކޮށްފައިވެ އެވެ. އެއީ ކާމިޔާބު ޑައިރެކްޓަރުގެ ކޮޕް ޔުނިވާސްގެ "ސޫރިއަވަންޝީ" އާއި އަޖޭ ދޭވްގަނާ އެކު ގެނެސްދެމުން އަންނަ ސިންގަމް ފްރެންޗައިޒްގެ ތިން ވަނަ ވައި "ސިންގަމް އެގެސިން" ގަ އެވެ.
ގޯލްމާލްއަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަމުގައިވާ ރޯހިތު ޝެޓީގެ ފިލްމެކެވެ. އޭނާގެ ފިލްމުތަކަށް އަބަދުވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެއެވެ. ހާއްސަކޮށް ގޯލްމާލްއަކީ ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދި ފިލްމު ސީރީޒްއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;