ފިރާގު އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މެދުތެރޭގެ ސަރަހައްދަށް ކްރޫޒް ވިޒިޓްތައް ކުރުމުގެ ބަދަލުގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ކްރޫޒް ކްލިއަރެންސް ހެދޭ ގޮތަށް ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށެވެ.
މިއީ ހަމައެކަނި މާލޭ ސިޓީގެ ވަށައިގެންވާ ތޮއްޖެހިފައިވާ ސަރަހައްދުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި، އިގްތިސާދީ ފުރުސަތުތައް އެއްވަރަކަށް ބަހާލުމަށް އެހީތެރިވެދޭނެ ކަމެއް ކަމުގައި ފިރާގު ފާހަގަކުރެއްވި އެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖޭގެ ހަގީގީ ރީތިކަމާއި ތަފާތުކަން ތަޖުރިބާ ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިރާގު އިތުރަށް ވިދާޅުވީ، މާލޭގައި މިހާރުވެސް ތޮއްޖެހިފައިވާތީ، ރާއްޖޭގެ އެހެން ސަރަހައްދުތައް މިއަށްވުރެ ހަމަހަމަ ގޮތެއްގައި ތަރައްގީކުރުން މުހިންމު ކަމަށެވެ. އެހެންކަމުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށާއި ސިޔާސީ ޕާޓީތަކުން މިކަމާމެދު ރަނގަޅަށް ވިސްނުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނާތަކުގެ މެދުގައި މަގްބޫލް މަންޒިލެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އަންނަ އިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 9 ކޫރޫޒްލައިނާއަކުން 14996 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
ކްރޫޒްލައިނާތަކުގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން ދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށް މަސައްކަތްކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;