ads
ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރަން 126 މިލިއަނަށް ހަވާލުކޮށްފި -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ މާރުކޭޓެއް އަޅަން ބަޔަކާ ހަވާލުކޮށްފި
ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ މާކެޓް ކޮންޕްލެކްސްއެއް ތަރައްގީކުރަން ކޮންސްޓަރަކްޝަން މިނިސްޓްރީން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
Advertisement

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ އިން ބުނީ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް ކަމަށާއި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރުި މުހައްމަދު އަބްދުލް ހާދީ ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.

މީގެ އިތުރުން އެ ކޮންޓްރެކްޓްގެ އަގަކީ 126359594.94ރ. ކަމަށްވާއިރު، ކޮންޓްރެކްޓްގެ މުއްދަތަކީ 600 ދުވަސް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަމށް ބަލާލާއިރު، 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުން، ބޭސްމަންޓް ގައި ޕާރކިން، ގްރައުންޑް ފްލޯ ގައި ފިޝް މާރުކެޓް، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ ގައި ވެޖިޓަބަލް މާރުކެޓް، 4 ވަނަ ފްލޯ ގައި ފުޑް ކޯޓެއް ގާއިމުކުރުން ހިމެނެ އެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ބޭސްމަންޓުގައި ޕާކުކުރެވޭނޭ ފަދަ ޕާކިން އޭރިއާއަކާއި، ގްރައުންޑް ފްލޯގައި މަސް މާރުކޭޓަކާއި ފުރަތަމަ ތިން ފްލޯގައި ތަރުކާރީ ވިއްކާ މާރުކޭޓެއް ގާއިމުކުރުމަށް ވަނީ ހިމަނާފަ އެވެ. އަދި، ހަތަރުވަނަ ފްލޯގައި ފުޑްކޯޓެއް ތަރައްގީކުރަން ވަނީ ނިންމާފައެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ހިންގަން ނިންމެވި މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;