ސައޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
މި ކަދުރު ރަސްމީކޮށް ރާއްޖޭގެ މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީއެވެ. ރާއްޖޭގެ ފަރާތުން މި ކަދުރާއި ގަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ކޮންމެ އަހަރަކު ރޯދައަށް ދިވެހިން ރައްޔިތުންނަށް ބެހުމަށް ސައުދީ ފޮނުވާ 50 ޓަނުގެ ކަދުރު އަދި ރާއްޖެއަށް ނާދައެވެ. މިދިޔަ މަހު އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ދޭ 50 ޓަނުގެ ކަދުރު ޝިޕްމަންޓް މިވަގުތުވަނީ ރާއްޖެ އައުމުގެ މަގުމަތީގައިވާކަމަށެވެ. އަދި އެތަކެތި އައުމުން މުޅި ރާއްޖެއަށް ކަދުރު ބަހާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ސައުދީ އަރަބިއްޔާއިން މިނިސްޓްރީއަށް ކަދުރު ހަދިޔާކޮށްފައިވާއިރު ސައުދީ ރަސްގެފާނު މުހައްމަދު ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ހާއްސަ ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;