ads
އުރީދޫގެ ކަރާފެޅުން ގޭމުގައި "ކުއެސްޓް" ތައާރަފްކޮށްފި - ފޮޓޯ: އުރީދޫ
އުރީދޫ ކަރާ ފަޅަން ރަށުތެރެއަށް: ޓީމަށް ޕޮއިންޓް އިތުރު ކުރުމުގެ ފުރުސަތު!
މިއަހަރުގެ ރޯދަމަހުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ #OoredooKaraaFelhun ގޭމުގައި އުރީދޫ މޯލްޑިވްސް އިން ވަނީ "ކަރާ ކުއެސްޓް" ތައާރަފުކޮށްފަ އެވެ.
Advertisement

މިއީ ކުޅުންތެރިންނަށް އެމީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެކެވެ.

އުރީދޫ ކަރާ ކުއެސްޓަކީ، ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެ އެވެ.

އުރީދޫން ބުނީ، ކަރައެއް ފެޅުމުން އެ ތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެ ކަމަށާއި، އެއީ އެ ސަރަހައްދެއް ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެއް ކަމަށެވެ.

"ކަރާ ކުއެސްޓު"ގެ ސަބަބުން ރަމަޟާން މަހުގެ ރޫހުގައި އާއިލާއާއެކު ކަރާ ފެޅުމަށް އިތުރު ހިތްވަރެއް ލިބޭނޭ ކަމަށްވެސް އުރީދޫން ބުންޏެވެ.

އުރީދޫއިން ބުނީ، މި ފީޗާގެ ސަބަބުން OoredooKaraaFelhun# އަށް އިތުރު ފޯރިއަކާއި ސްޓްރެޓެޖީއެއް ލިބިގެންދާނެކަމަށާއި ރަމަޟާން މަހުގެ ރޫހުގައި އާއިލާއާއި ރައްޓެހިންނާއެކު، މި ކުޅިވަރު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެކަމަށެވެ.

މީގެއިތުރުން، OoredooKaraaFelhun# އަކީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭ ޑިޖިޓަލް ތަޖުރިބާއެކެވެ. އެގޮތުން، ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭއިރު، އެޕް މެދުވެރިކޮށް ޓީމާ ގުޅި، ކަރާ ފަޅައިގެން ޕޮއިންޓް ހޯދައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، މުޖުތަމައުތައް ގުޅުވައިދޭ އީޖާދީ ޑިޖިޓަލް ތަޖުރިބާތައް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ތައާރަފުކުރަމުން ގެންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;