ads
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އީދުގައި ބައިވެރިކުރުމަށް އެހީދިނުން
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އީދުގައި ބައިވެރިކުރުމަށް އެހީދީފި
ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުދިން އީދު އުފަލުގައި ބައިވެރިކުރުމަށް އިސްލާމިކް މިނިސްޓްރީން 40،780 ޑޮލަރު ހަދިޔާކޮށްފި އެވެ.
Advertisement

މި ފައިސާ އަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ރެޑް ކްރެސެންޓުން އިސްލާމިކް މިނިސްޓްރީ އަށް ދިން 40،780.44 ޑޮލަރު ނުވަތަ 626،795.36 ފައިސާ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އީދުގެ އުފަލުގައި ބައިވެރި ކުރުމަށްޓަކައި ދިން މި އެހީގައި ކުދިންނަށް އީދު ހެދުން ހޯދައިދިނުމާއި، ބޭނުންޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

އަދި އީދު އުފަލުގައި ބައިވެރި ކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެ އެވެ. މި ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އުފަލަށްޓަކައި ޔޫއޭއީ ސަރުކާރާއި، އެމިރޭޓްސް ރެޑް ކްރެސެންޓުގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވެދެއްވި ދީލަތި އެހީތެރި ކަމަށް އެ މިނިސްޓްރީން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;