ads
ޒަކާތް އަދާކުރުމަކީ އިހުސާންތެރިވުމަށް ބާރުއަޅާކަމެކެވެ.
ޒަކާތަކީ އިސްލާމްދީނުގެ އަޅުކަންތަކުގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ހެޔޮފޯރުކޮށްދިނުމާ އެހީތެރިކަން އެކުލެވިގެންވާ އަޅުކަމެކެވެ. އަދި ޒަކާތަކީ އިސްލާމްދީނުގައި އިޖްތިމާއީ އަދާލަތު ބިނާކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭކަމެކެވެ.
Advertisement

ﷲސުބުހާނަހޫ ވަތައާލާ އެކަލާނގެ އަޅުތަކުންނަށް އިހްސާންތެރިވި ވޮޑިގެންނެވި ފަދައިން އެއް އިންސާނަކު އަނެއް އިންސާނަކަށް އިހްސާންތެރިވުމަށް ވަނީ އަންގަވާފަ. 

މިގޮތުން ޒަކާތް އަދާކުރުމަކީ އެކަކު އަނެކަކަށް އިހްސާންތެރިވުމުގެ ގޮތުން ހިމެނޭ ކަމެއް، މިހެންވުމުން ޒަކާތުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންވެސް ޒަކާތް އަދާކުރެއްވުމަށް އިސްކަން ދެއްވާ، ޒަކާތް އަދާކުރައްވަން އިލްމުވެރިން ބާރު އަޅުއްވަ އެވެ.

އިސްލާމްދީނަކީ ހުރިހާގޮތަކުން ބެލިޔަސް، ހުރިހާ ޒަމާނަކަށް އެންމެ އެކަށީގެންވާ، އެންމެ ލުއިފަސޭހަދީނެވެ. އަދި އެކަން އިސްލާމްދީނުގެ ކޮންމެ ރުކުނަކަށް ބަލާލުމުންވެސް އެނގި ހާމަވެގެންދާކަން އިލްމުވެރިން ފާހަގަކުރައްވަ އެވެ.

ޒަކާތް ފިޔަވާ އިސްލާމްދީނުގެ ކޮންމެ ރުކުނަކީވެސް ބާލިޣުވެފައިވާ މީހުންނަށާއި ހަމަ ބުއްދީގެ އަހުލުވެރިންނަށް ވާޖިބު ރުކުންތަކެއް ކަމަށައި، އެހެންނަމަވެސް ޒަކާތަކީ އެންމެންގެ މައްޗަށްވެސް އެއްވެސް އިސްތިސްނާއެއްނެތި ވާޖިބުވާކަމެއްކަން ފާހަގަކުރައްވާ އެކަމުންވެސް ޒަކާތުގެ މުހިންމުކަން ހާމަވާކަން އިލްމުވެރިން ފާހަގަކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;