އެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ ސާބިއާގެ ވެރިރަށް، ބެލްގްރޭޑްގައި ބޭއްވި ދެވަނަ އަހަރީ ޕްލޭނިން ބައްދަލުވުމުގަ އެވެ. އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
"ޕްލޭ ފޯ ހިއުމަނިޓީ: ސްޕޯޓް އެންޑް މިއުޒިކް ފޯ އޯލް" މި ޝިއާރުގެ ދަށުން ބާއްވާ ބެލްގްރޭޑް އެކްސްޕޯ އޮންނާނީ އަންނަ އަހަރުގެ މެއި 15 އިން އޮގަސްޓް 15 އަށް ބެލްގްރޭޑްގަ އެވެ. މީގައި 120 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވާ އިރު، އެކްސްޕޯ އަށް ހަތަރު މިލިއަނަ ށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ އެކްސްޕޯގެ ތައްޔާރީތައް ކުރިއަށްދަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށެވެ.
"ބެލްގްރޭޑް އެކްސްޕޯ 2027" އަކީ ބޯލްކަން ސަރަހައްދާއި ވިލާތުގެ މާކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;