ފުލުހުން ބުނީ ހއ. ހޯރަފުށީގައި ބަޔަކު މީހުން ބުޅަލަކަށް ހަމަލާދީ ގަސްތުގައި މަރާލި މައްސަލައެއް ބަލަމުން އަންނަކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހުކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ތިން މީހަކާއި ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެކުރިންވެސް ބުޅަލަށް ގަސްތުގައި ހަމަލާދީ މަރާލި މައްސަލަ ފެންމަތިވުމުން އެފަދަ މައްސަލަތައް ފުލުހުން ވަނީ ބަލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;