އެސްޓީއޯގެ އޮފިޝަލަކު "ސީއެންއެމް" ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާ އަށް ބޭނުންވާ ގޭސް މި ވަގުތު ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އަންނަ ހަފްތާގައި ގޭހުގެ އާ ޝިޕްމަންޓު އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަށް އަންނާނެ ކަމަށެވެ.
އެސްޓީއޯގެ ލަފައަކީ އާ ތެލުގެ ޝިޕްމެންޓެއް މި މަހުގެ 20 އަދި 23 ގައި ވެސް ރާއްޖެ އަށް އަންނާނެ ކަމަށެވެ.
ގޭހުގެ ޑިމާންޑު ބޮޑުތަނުން އުފުލުމާ ގުޅިގެން މި ހަފުތާގައި 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ވިއްކަނީ ފަސް ކިލޯ އެވެ.
މޯލްޑިވް ގޭސްއިން ގޭސް ވިއްކާ މިންވަރު ލިމިޓް ކޮށްފައިވާއިރު, ތެލާއި ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް މި ފަހުން ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;