ads
ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުންނަނީ - ސަން ފޮޓޯ/މުހައްމަދު ހައްޔާން
ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭ ބިލް ތަސްދީގުކޮށްފި
ސަރުކާރުގެ މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
Advertisement

ވަޒީފާއާބެހޭ ޤާނޫނަށް ގެނައި މި އިސްްލާހު ރައްޔިތުން މަޖިލީހުން ފާސްކުރީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މި ބިލް މިއަދު ރައީސް ތަސްދީގުކުރެެއްވުމުން މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. 

މިހާރު ގާނޫނު އޮންނަ ގޮތުން ދަރުފުޅުގެ އުމުރުން އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހެ އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭ ގޮތަށެވެ.

ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭން ޖެހޭ ނޯޓިހުގެ މުއްދަތަށް ބަދަލު ގެންނަން ވެސް ފާސްކޮށްފައިވެއެވެ.

މީގެއިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ޤާނޫނުގެ ދަށުން ދައްކަންޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެކަމަށް ބިލުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;