ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ހަނދާންވާ ގޮތުން ނަމަ ރާއްޖޭގައި ރައްކާ ކުރެވެނީ، އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓަރު ހިމެނޭހެން 70 މިލިއަން ލީޓަރުގެ ޑީސެލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ.އަފި
ނަޝީދު ވަނީ ތެލަށް ޖެހުން ކުޑަކުރަން އަޅަން ފެންނަ ފިޔަވަޅުތަކެއްވެސް ހިއްސާކުރައްވާފައެވެ.
އެގޮތުން ޕްރައިވެޓް ސެކްޓާގައި ތެޔޮ ރައްކާކުރެވޭ ކެޕޭސިޓީ ކަނޑައެޅުމާއި ކަރަންޓް ކަނޑައަޅާ ގަޑި ކަނޑައެޅުން ނަޝީދު ފާހަގަކުރެއްވިއެވެ.
އަޅަން ފެންނަކަމަށް ނަޝީދު ގޮވާލެއްވި ބައެއް ފިޔަވަޅުތައް
ރާއްޖެ ތެލަށް ޖެހިދާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއިރު ރާއްޖެ ތޭލާއި ގޭހަށް ނުޖެހޭވަރަށް ދަތިކަމެއް ނެތި އެބަހުރިކަމަށް މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ. އަދި މިހާރުވެސް ރާއްޖެއަށް ތެޔޮ ބަރުކޮށްގެން އެސްޓީއޯގެ އުޅަނދުތައް ދަތުރުކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ޒަމީރު އެދުވަހު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;