މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ރާއްޖެއަށް ދެ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށް، އެ ދެ ބޯޓުގެ އިމްގްރޭޝަން ކްލިއަރެންސްގެ ކަންކަން ކުރިއަށްގެންގޮސްފައި ވާކަމަށް ބުނެފަ އެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ ނުވަ ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފައި ވާއިރު، އެ ކްރޫޒްލައިނާތަކުގައި ޖުމްލަ 14،960 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ކްރޫޒް ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ވިޔަފާރިއެކެވެ. މިވިޔަފާރި އިތުރަށް ފުޅާކޮށް، ހުރި ގޮންޖެހުންތައް ހައްލުކުރުމަށް، ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެ އެވެ.
ކްރޫޒްލައިނާތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;