ads
އަމީނިއްޔާ ސްކޫލުގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
Advertisement

ޒަކާތު ހައުސް އިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ގޮވާމުން ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވާ ވަގުތުތަކަށް ބަލާއިރު މިއަދާއި މާދަމާ ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެ އެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެ އެވެ. އަދި މި ދެ ދުވަހުގެ މެންދުރު ފަހު 13:00 އިން 15:00 އަށް ވެސް ޒަކާތް ދެއްކޭނެ އެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މާލޭގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިޔުކޭޝަންގަ އެވެ. 

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ. އަދި އާންމުކޮށް ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;