މި ހަރަކާތުގެ މަގްސަދަކީ ރޯދަ ވީއްލާ ވަގުތު އެ ފަރާތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމެވެ. އަދި މިއީ ރޯދަމަހުގެ އަގުހުރި ސިފަތައް ކަމުގައިވާ އޯގާތެރިކަމާއި އެކުވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ.
މިއީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި އެ މީހުންގެ އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި އުރީދޫގެ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެ، ހޮސްޕިޓަލުގައި ތިބި ފަރާތްތަކާ ބައްދަލުކޮށް ރޯދަ ވީއްލުމުގެ ޕެކޭޖުތައް ހަވާލުކޮށްފަ އެވެ.
އުރީދޫން ބުނީ އެ ކުންފުނި ދެމިއޮންނާނީ ހަމައެކަނި ޓެކްނޮލޮޖީ އާއި ހިދުމަތްތަކުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;