ads
ކުޑަކުދިންގެ ބަރުހަނާ މަންޒަރު ގެންގުޅުކަމަށް ބުނާ ހުޅެވި / ބ.ކުޑަރިކިލު، އަލީ ނާޖިހު އަހްމަދު
ކުޑަކުދިންގެ ބަރަހަނާ މަންޒަރު ގެންގުޅުނު މީހާ ދޫކޮށްލައިފި
ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
Advertisement

އެ މައްސަލާގައި ހައްޔަރުކުރީ ހުޅެވި / ބ.ކުޑަރިކިލު، އަލީ ނާޖިހު އަހްމަދު (29އ) އެވެ. 

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ "ގޫގުލް ޑްރައިވް"އަށް އަޕްލޯޑްކޮށް، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ. 

މިދިޔަ މަހުގެ 13 ވަނަދ ުވަހު މީމިހާ ހައްޔަރުކުރުމަށްފަހު އެއް ފަހަރު ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ، އެހެންނަމަވެސް މިހާރު އޭނާ ޝަރުތުތަކާއި އެކު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާ ދޫކޮށްލިނަމަވެސް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;