ޝުޖާއު މިހެން ވިދާޅުވީ ލޯކަލް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓްގެ ޖަގަހަ ހުޅުވުމަށް ބޭއްވވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އަދި އެ ކައުންސިލުގައި ރައީސް މުއިއްޒާއި ވަރަށް އަރިސްކޮށް އުޅުއްވި ޝުޖާއު ވިދަޅުވީ މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތް ކޮށްދެވިކަމަށެވެ. އެގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ހަދާ އެއާި އެކު މަސައްކަތްތައް ކުރިޔަށް ގެންދެވިކަމަށެވެ. އެހެންނަމަވެސް މޭޔަރުކަމުން މުއިއްޒު ވަކިވެ އެމްޑީޕީގެ މޭޔަރު އާދަމް އާޒިމާ އެ މަގާމަށް އިންތިހާބުވުމުން އެ ހުރިހާ މަސައްކަތެއް ހުއްޓި މާލެ އަނދިރިކަމުގެ ތެރެއަށް ގޮސްފައިވާކަަމަށެވެ.
ޝުޖާއު ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް އިންތިހާބުވެސް މަސައްކަތްތައް ފަށަން ޖެހޭނީ ރައީސް މުއިއްޒު ނިންމެވި ހިސާބުން ކަމަަށެވެ. އަދި ޖަލީލްގެ މެނިފެސްޓޯއަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;