ads
އާމިރު ހާން ދަރިފުޅާއެކު
އާމިރު ހާންގެ ދަރިފުޅު ޖުނައިދު ފިލްމީ ދާއިރާއަށް: ފެނިގެނާނީ ވަރުގަދަ ރޯލަކުން
ބޮލީވުޑްގެ ސުޕަސްޓާ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމު "އޭކް ދިން" ގެ ޓްރެއިލާ އާންމުކުރުމާއެކު، ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.
Advertisement

ސައި ޕައްލަވީއާއެކު ޖުނައިދު ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ މިހާރު ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ މި ދެ ތަރިންގެ މެދުގައި އޮތް "މެޖިކަލް" ކެމިސްޓްރީއަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.

ޖުނައިދުގެ ފިލްމީ ކެރިއަރާ ގުޅޭގޮތުން ވާހަކަދައްކަމުން އާމިރު ޚާން ދާދި ފަހުން ބުނެފައިވަނީ، އޭނާގެ ދަރިފުޅު ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދަނީ ވަރަށް މިނިވަންކޮށް ކަމަށެވެ. ފިލްމުތައް އިޚްތިޔާރު ކުރުމުގައާއި ރޯލުތައް ކަނޑައެޅުމުގައި ޖުނައިދު އަމިއްލަ ނިންމުންތައް ނިންމާއިރު، އެކަމުގައި އާމިރުގެ އެއްވެސް ނުފޫޒެއް ނޯންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. މިއީ ޖުނައިދު އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ހުނަރުން ކުރިއަށްދާން ބޭނުންވާ ކަމުގެ ހެއްކެއް ކަމަށް އާމިރު ބުންޏެވެ.

މި ފިލްމުގެ ޓްރެއިލާއިން ފެންނަ ގޮތުގައި ޖުނައިދު ފެނިގެންދާނީ ވަރަށް ތަފާތު އަދި ވަރުގަދަ ރޯލަކުންނެވެ. ސައި ޕައްލަވީ ފަދަ ކުޅަދާނަ ބަތަލާއަކާއެކު ޖުނައިދު ދައްކައިދޭ އެކްޓިންއަށް ބޮލީވުޑްގެ މާހިރުންނާއި ސަޕޯޓަރުން އަންނަނީ އުންމީދީ ނަޒަރަކުން ބަލަމުންނެވެ. "އޭކް ދިން" ވެގެންދާނީ ޖުނައިދު ބޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;