ދިގުރަށުގައި ހުންނަ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބީދޭސީއަކު މަރުވެފައިވާއިރު ފިހުނު ދެ ބީދޭސީއަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.
އެޗްއާރުސީއެމުން ބުނީ އދ.ދިގުރަށުގައި ރޭ ހިނގާ ދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކުގައިކަމަށެވެ. އަދި އެ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް މި ކޮމިޝަނުގެ ފަރާތުން ތައުޒިޔާ ކިޔާކަަމަށްވެސް އެޗްއާރުސީއެމުން ބުނެއެވެ.
އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ގާތުން ބަލަމުންދާކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;