މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 2:00 ހާއިރުއެވެ.
އައިޖީއެމްއެޗް އިން ބުނީ ދެ މީހުންނަށްވެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.
"ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންްނަނީ 40 އަހަރުގެ މީހެއް، އަނެއް މީހާގެ އުމުރު އައިޑެންޓިފައި ނުކުރެވިގެން މިއުޅެނީ އަދި" އައިޖީއެމްއެޗް އިން ބުންޏެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ދޭ މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފަ އެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލެއިން ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;