ads
ގެއްލިގެން ހޯދި ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް
ގެއްލުނު އިޤްބާލް ފެނިއްޖެ، ފެނުނީ ޑިންގީ ބޮއެއްގައި އައްސައިގެން އޮއްވާ
ކުޑަ ޑިންގީއެއްގައި، އެކަނި ކަނޑުމައްޗަށް ނުކުތް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ގެއްލިގެން ހޯދަމުންދިޔައީ ރ. ވާދޫ، ވިންޑްސްޓަރ، މުހައްމަދު އިޤްބާލް އެވެ. އިއްޔެ ފަތިހު އޭނާ ރ. ވާދޫން ކަނޑުމައްޗަށް ނިކުތީ ކުޑަ ޑިންގީއެއްގައި އެކަނިކަމަށް ފުލުހުން ބުނިއެވެ. އަދި މަހަށް ނިކުތްއިރު، އޭނާގެ އަތުގައި ފޯނެއް ވެސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ، 

ފުލުހުން ބުނީ، އިޤްބާލް މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އިގުބާލު ފެނުނީ، މިއަދު ހެނދުނު 06:53 ހާއިރު އިޤްބާލް ހޯދުމަށް ވާދޫން ނުކުތް ބަޔަކަށް ކަމަށް ފުލުހުން ބުނެއެވެ. 

އޭނާ ފެނުނީ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;