މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ " ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ" މި މައުލޫއަށެވެ.
ހުތުބާގައި ބުނީ އެންމެ މުހިންމުކަމަކީ، ހެޔޮ އަމަލެއްކުރުމަށް ފަހު، އެ އަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުއާކުރުންކަމަށެވެ. އެގޮތުން ހެޔޮ އަމަލުތަކަކީ ނުބައިކަންތައް ފޮހެލާ ކައްފާރާއެއްކަމަށް ހުތުބާގައިވެއެވެ.
ނިމިގެން މި ދާ ރަމަޟާންމަހު ތިބާގެ އަމަލުތައް ހުރި ގޮތާ މެދު ވިސްނައިލުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އެގޮތުން ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން ރަމަޟާންމަހަށް ފަހުގައި ވެސް އެ ގޮތުގައި ދަމަހައްޓަން ވަނީ އިލްތިމާސްކޮށްފައެވެ. ކޮންމެ ދުވަހަކު ޤުރްއާނުން ސަފުާއެއް ނަމަވެސް ކިޔެވޭތޯ ބެލުމަށާއި ހެޔޮ އަމަލުކުރުމުގައި ހީވާގިވެ ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށްދާންވެސް ހުތުބާގައި ވަނީ ގޮވާލާފައެެވެ.
އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައްކުރުން މަތީގައި ދެމިތިބޭން ޖެހޭކަމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެކަމަށްވެސް ހުތުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;