ads
އިރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ(މ)
ރޫހާނީ ލީޑަރު މުޖުތަބާ ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް
މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ވަގުތުން ބަންދު ކުރުމަށް އިރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ ގޮވާލައްވައިފި އެވެ.
Advertisement

އިރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް މުޖުތަބާގެ ބަޔާނެއް ފުރަތަމަ ފަހަރަށް ވަނީ ގެނެސްދީފަ އެވެ. މި ބަޔާނުގައި މުޖުތަބާ ހާމަނާއި ފެނިވަޑައިގެންފައި ނުވެ އެވެ. ލިޔެފައިވާ ބަޔާން ކިޔާފައި ވަނީ ދައުލަތުގެ ޓީވީގެ ނޫސްވެރިޔަކު އެވެ. 

އީރާންގެ ދައުލަތުގެ މީޑިއާއިން ގެނެސްދިން އެ ބަޔާނުގައި މުޖުތަބާ ހާމަނާއީ ވިދާޅުވެފައި ވަނީ، ސަރަހައްދުގައި ހުރި ގައުމުތަކާއި އީރާން އާ ދެމެދު މައްސަލައެއް ނެތް ކަމަށާއި، އެ ގައުމުތަކަށް ހަމަލާ ނުދޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސް ތަކަކީ އަމާޒުތަކެއް ކަމަށާއި، އެހެންވެ ތަންތަން ބަންދު ކުރަން ޖެހޭ ކަމަށާއި އެކަން ކުރަން ޖެހެނީ ސަރަހައްދުގެ ރައްކާތެރިކަމަށެވެ.

ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމުގެ ބޭނުމަކީ ހަނގުރާމަ ހުއްޓާލުމަށް ދުޝްމަނުންނަށް ފިއްތުންތައް ކުރިމަތި ކުރުވުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އަވަށްޓެރި ގައުމުތަކާ އެކު އެކުވެރިކަން ބާއްވަން ބޭނުން ވިޔަސް، އެމެރިކާގެ މަރުކަޒުތަކަށް ދޭ ހަމަލާތައް ކުރިއަށްދާނެ ކަމަށް ހާމަނާއީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ އަވައްޓެރިންނާ އެކު އެކުވެރިކަން، ހަމަލާ ދޭނީ ހަމައެކަނި ބޭސްތަކަށް އަމާޒުކޮށްގެން، އަދި އެކަން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

އީރާނަށް ހަމަލާ ދޭން ފެށި ފަހުން އެ ގައުމުގައި މިހާތަނަށް 1300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އެމެރިކާ އާއި ޔަހޫދީން ހަމަލަ ދިނުމުގައި އާންމުންނަށް ބެލުމެއް ނެތި މަދަރުސާތަކަށާއި ހަސްފަތާލުތަކަށް ވެސް ދަނީ ހަމަލަތައް އަމާޒު ކުރަމުންނެވެ. މީހުން ދިރިއުޅޭ އުސް އިމާރާތްތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާއިރު، އެ އިމާރާތްތަކުގެ ދަށުވެފައި މީހުން ތިބި ކަމަށް ވެސް މަސްދަރުތަކުން ބުނެ އެވެ.

އަސްކަރީ އިންޒާރުތަކާ އެކު ހާމަނާއީ ވަނީ ދާހިލީ އެއްބައިވަންތަކަމަށް ގޮވާލައްވައި، ކުރިއަށް ހުރި ސިޔާސީ އަދި ދީނީ ހަރަކާތްތަކުގައި އީރާނުގެ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އީރާނަށް ދެމުންދާ ހަމަލާތަކުގައި ގައުމު އިސްތިއުމާރު ވިޔަނުދީ ހިފެހެއްޓި އަސްކަރިއްޔާއަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އެ ގައުމަށް ނުރައްކާވެފައިވާ މި ދަނޑިވަޅުގައި އީރާނުން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އުމުރުން 56 އަހަރުގެ މުޖްތަބާ ހާމަނާއީ އަކީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އަަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ދެ ވަނަ ދަރިކަލުންނެވެ. އޭނާ އަކީ އީރާން ސިފައިންގެ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;