މޯލްޑިވިއަންއިން "ކިންގް އެއާ 360" ގެ މަރުކާގެ ބޯޓެއް ގެނައުން
2026-11-02 22:10:41
ފަސިންޖަރުންނަށް ހާއްސަ 8 ސީޓް ހިމެނޭ ކިންގް އެއާގެ މަތިންދާބޯޓުގެ ހިދުމަތް ދޭން ނިންމާފައިވަނީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި "ނިލާ ކޮރަލްސް އައިލެންޑް" އާ ގުޅިގެންނެވެ. އެ ބޯޓުގެ ދަތުރުތައް ހާއްސަ ކޮށްފައި ވަނީ ލަގްޒަރީ ދަތުރުތަކާއި ޕްރައިވެޓް ދަތުރުތަކަށް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އަދި އެއީ ރާއްޖޭގައި ލަގްޒަރީ ޓޫރިޒަމް ފުޅާކުރުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.