ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އެރުވުން
2026-07-26 13:11:32
މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ދައުލަތުން ދޭ މަތިވެރި އިއްޒަތުގެ ޝަރަފު ހަތަރު ބޭފުޅަށް އެރުވި. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ތައުލީމީ ދާއިރާ އަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވުމުގެ ދިގު ތާރީހެއް އޮތް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ލަތީފާއި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނައިދެއްވުމާއި ދީނީ އެކި ފޮތްފޮތް އެކުލަވައިލުމުގެ ރޮނގުން ކުރެއްވި މަސައްކަތަށް އިބްރާހިމް ރަޝީދު މޫސާގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޗަމްޕާ ހުސައިން އަފީފާއި އޭނާގެ ބޭބެ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު).
އެ ހަތަރު ބޭފުޅުންނަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތުގެ ޝަރަފު އެރުވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު.