ބީއެމްއެލްގެ "ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ" ފެށުން
2026-07-15 16:21:23
"ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ" ފެށުމަށް ބޭއްވި ރަސްމިއްޔާތު. ބާސެލޯގައި ބޭއްވި އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ އާ ހިދުމަތްތަކެއް ވަނީ ލޯންޗުކޮށްފައި. މިއަދު ފެށި "ޔޫތު އޮންޓްރަޕްރިނާސް އެކްސްޕޯ"ގައި، ޖުމްލަ 1 ބިލިއަން ރުފިޔާގެ މި ފައިނޭންސިން ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު، މި ފެސިލިޓީ އިފްތިތާހުކުރުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލް އިން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް.