ތިލަމާލެ ބްރިޖުގެ މަސައްކަތް ނޫސްވެރިންނަށް ދައްކާލުން
2026-05-06 13:26:48
މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ. ތިލަމާލެ ބްރިޖަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުން ފެށި މަޝްރޫއެކެވެ. ތިލަމާލެ ބްރިޖު ޕްރޮޖެކްޓުގެ 72 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.