ހއ. މުރައިދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުން
2026-04-17 11:58:20
ހއ. މުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީގެ ކޮމެޓީގެ އިންތިހާބުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގެ ހަރުގޭގައި ރޭ ވަނީ ޖަލްސާ އެއް ބާއްވާފަ. މި ޖަލްސާގައި ޕީއެންސީގެ ބައެއް އިސްވެރިން ބައިވެރިވި އަދި ގިނަ ސަޕޯޓަރުން ވެސް ބައިވެރިވި. ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ލިބުނީ ބީ ރިޕޯޓެއް ކަމަށާއި އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އޭ ރިޕޯޓެއް ކަމަށް މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި.