ފިތުރު އީދުގެ މުނާސަބަތުގައި ބޭއްވި އީދު ހަވީރު
2026-03-21 01:50:26
"އީދު ހަވީރު" މި ހަރަކާތަކީ ގައުމީ ދިފާއީ ބާރުގެ އިސްނެގުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ހިމެނޭގޮތަށް 12 ފަރާތެއްގެ ބައިވެރިވުމާއެކު ފިތުރު އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މިއަހަރުގެ މި ހަވީރު މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުގެވެސް އީދު ހަވީރު އިންތިޒާމްކޮށްފައިވަނީ އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމެނޭ ގޮތަށެވެ.