ކޮންގްރެސް ޕާޓީގެ ގަލޮޅު ދެކުނު ކެމްޕެއިން ޖަގަހަ ހުޅުވުން
2026-02-23 02:15:41
ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. ރޭ ބޭއްވި މި ހަފްލާގައި ޕީއެންސީގެ ބައެއް އިސްވެރިން އަދި ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.