ރޯދައަށް ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުވުން
2026-02-18 16:39:56
"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލެ" ރަސްމީކޮށް ރޭ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ހުޅުމާލޭ ރެއިން ކޯރަލް ރެސިޑަންސްގައި ގާއިމްކޮށްފައިވާ މި ފިހާރަ ހުޅުވުމާއެކު، މާލެއެކޭ އެއްފަދައިން ހުޅުމާލެއިންވެސް، ފަސޭހަކަމާއެކު އަސާސީ ކާބޯތަކެތީގެ ލިސްޓަށް ރައީސް މުއިއްޒު އަލަށް އިތުރުކޮށްދެއްވާފައިވާ 23 ބާވަތާއެކު ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ޖުމުލަ 26 ބާވަތުގެ އަސާސީ ކާބޯތަކެތި، އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހަކަމާއެކު ލިބޭނެ. މި ފިހާރަ ހުޅުވިގެން މިދިޔައީ، މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހުޅުމާލޭގައި އެސް.ޓީ.އޯގެ އައުޓްލެޓެއް ގާއިމުކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން