ރައީސް ޑރ. މުއިއްޒު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު
2025-11-05 01:01:54
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކާއި އައްޑު އަށް ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ ފުވައްމުލަކަށެވެ. މިއަދު އައްޑު އަށް ވަޑައިގެން އެ ސިޓީގެ ގުޅިފައިވާ ރަށްރަށާއި ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ފުވައްމުލަކާއި އައްޑު އަށް ކުރައްވާ މި ދަތުރުފުޅުގައި ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ. އެ މަނިކުފާނު އެންމެ ފަހުން މިދިޔަ މަހު ވަޑައިގަތީ ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.
