ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ
2025-11-03 23:51:53
ނަސްރުގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއަދުގެ ޖަލްސާގައި ރައީސް ވަނީ އެ ދުވަހު ޝަހީދުވީ މީހުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް ވެސް އަރުވައިފަ އެވެ. އަދި ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން އބްދުލްގައްޔޫމަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނަ ވެސް މިއަދު އެރުވި އެވެ. ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަމަލާގައި ސިފައިންނާއި އާންމުންގެ ތެރެއިން ބައެއް މީހުން ޝަހީދުވި އެވެ.
