ނަސްރުގެ ދުވަހު ހަނދާނީ ބިނާގައި ދިދައާއި ގާޑް މައުންޓްކުރުން
2025-11-03 23:27:55
މިއަދު ފާހަގަކުރަމުން އަންނަ 37 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައި ބޭއްވި ދިދަ އާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ސިފައިންގެ އިސް އޮފިސަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސިފައިންގެ ހިދުމަތުން ރިޓާޔާ ކުރައްވާފައިވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަމަލާގައި ސިފައިންނާއި އާންމުންގެ ތެރެއިން ބައެއް މީހުން ޝަހީދުވި އެވެ.
