ބީއެމްއެލް އިން އައްޑޫގައި ބޭއްވި ކާނިވާ
2025-11-01 21:42:41
ދިވެހީންގެ ބޭންކު، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން އައްޑޫސިޓީގައި ބޭއްވި ކާނިވަލަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. އައްޑޫ ސިޓީގެ ހިތަދޫ ސިޓީ ސްކޮއާގައި ބޭއްވި އެ ކާނިވާ ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ. އެ ހަރަކާތުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ލަކީޑްރޯއެއް ކުރިއަށް ގެންދިޔަ އެވެ. އަދި ލަކީޑްރޯއިން ހޮވުނު ހަތަރު ފަރާތަކަށް ޖުމްލަ ހަތަރު ސައިކަލު ދޫކުރި އެވެ. ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އިން އަންނަނީ އެކި މުނާސާބާތަކާއި ގުޅިގެންނާއި، އެ ނޫން ވެސް ގޮތްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނާއި ގުޅުންހުރި ތަފާތު ހަރަކާތްތަކާއި ޕްރޮމޯޝަންތައް ހިންގަމުންނެވެ. އަދި އެ ބޭންކުން އަންނަނީ ސީއެސްއާރުގެ ދަށުން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ވެސް ފޯރުކޮށްދެމުންނެވެ.
