އައްޑޫގައި ބޭއްވި އުރީދޫ ފަން ރަން
2025-06-28 00:42:52
އުރީދޫން އިންތިޒާމު ކޮށްގެން 3،000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025" މިއަދު ހަވީރު ފޯރިއާ އެކު ނިންމާލައިފި އެވެ. މި ހަރަކާތުގެ ތެރެއިން ވަނީ އައްޑޫސިޓީގެ މަގުތަކަށް ކުލައާއި އުފާވެރިކަމާއި ހަކަތައިގެ "އީދެއް" ގެނުވައިފަ އެވެ. މި ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް ހާއްސަކޮށް މަގުމަތީގައި ކުލަ ޖެހުމާއި މިއުޒިކް އަދި އިންފްލެޓޭބަލް ސްޓޭޝަންތައް އައްޑޫގައި ވެސް ހުއްޓެވެ. މިއީ ކޮންމެ އަހަރަކު ވެސް އުރީދޫން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ.