އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން ފެށުން
2025-06-26 15:03:30
ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެ ޕާޓީ ރަޖިސްޓަރީ ކުރީ ޖޫން 26، 2005 ގައެވެ. އެމްޑީޕީގެ 20 އަހަރުގައި އެ ޕާޓީން ވަނީ ދެ ފަހަރަށް ސަރުކާރަކާ ހަވާލުވެ ވެރިކަންކޮށްފަ އެވެ. އިލްކެޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 43،755 މެމްބަރުންނެވެ. އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލެ އާއި އަތޮޅުތަކުގައި ހުންނަ އެ ޕާޓީގެ ހަރުގެ ތަކުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުތަކެއް މިއަދު ވަނީ ބާއްވާފަ އެވެ.