ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކުރުން
2025-06-25 10:35:28
ސްޓެލްކޯ އިންހައުސް ޓްރެއިނާސް ޕޫލް އިއްޔެ ވަނީ އިފްތިތާހުކޮށް، 35 މުވައްޒަފަކަށް ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސަންސް ވަނީ ދީފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ސްޓެލްކޯ ޓްރެއިނާސް ޕޫލްގައި މިވަގުތު ތިބި 35 ޓްރެއިނަރުންގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަކަށް ހާއްސަ މުވައްޒަފުން ހިމެނެ އެވެ.