ނަޝީދަށް މަރުހަބާ ކިޔުމަށް އެމްޑީޕީން ބޭއްވި ޖަލްސާ
2025-06-24 17:31:52
ރައީސް ނަޝީދަކީ އެމްޑީޕީން އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އެމްޑީޕީ ރަޖިސްޓްރީކުރުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި 42 ބޭފުޅުންގެ ތެރޭގައިވެސް ރައީސް ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށްޓަކައި ސަލްޓަން ޕާކުގައި ރޭ ވަނީ ހާއްސަ ޖަލްސާ އެއް ބާއްވާފަ އެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކަށް ފަހު އެވެ.