މޯލްޑިވިއަން އެއާލައިންގައި ދިވެހިން ހައްޖަށް
2025-05-27 23:01:54
ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި ހައްޖުގެ އަޅުކަމަށް ސައޫދީ އަށް ދިވެހިން އުފުލަން މިއަދު ފަށައިފި އެވެ. ރާއްޖެ އިން ހައްޖަށް ދާ މީހުން މީގެ ކުރިން މައްކާ އަށް ދަތުރުކުރަނީ ކޮންމެ އަހަރަކު ވެސް ބޭރު އެއާލައިންގެ ފްލައިޓްތައް ޗާޓަރު ކޮށްގެންނެވެ. އެހެންވެ، މިއީ ދުވަސްގަނޑެއްގެ މެދުކެނޑުމަކަށް ފަހު ރާއްޖޭގެ ގައުމީ އެއާލައިންގައި ދިވެހިން ހައްޖަށް ގެންދަން ފެށި ފުރަތަމަ ދުވަހެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް މޯލްޑިވިއަންގައި ފުރަތަމަ ފަހަރަށް ފުރީ ދިވެހި ހައްޖުވެރިންގެ ދެވަނަ ގުރޫޕް ކަމަށެވެ. މޯލްޑިވިއަން އެއާލައިން Q2 6360 ފްލައިޓުގައި އެ މީހުން ހައްޖަށް ދާން ފުރީ މިއަދު ހެނދުނު 8:00 ގަ އެވެ. މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ5 ވާ ބުރާސްފަތި ދުވަހެވެ. މި އަހަރު ރާއްޖެއިން1،000 މީހުން ހައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވާއިރު ހައްޖަށް މީހުން ދާނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެ އެވެ.