ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރުން
2025-05-27 00:30:18
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރައިފި އެވެ. ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ 15.14 ހާއިރު ސައުދީ އެއާލައިނުންނެވެ. މިފްލައިޓްން 235 މީހުން ފުރާފައިވެ އެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފަ އެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފަ އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ5 ވާ ބުރާސްފަތި ދުވަހެވެ. މި އަހަރު ރާއްޖެއިން1،000 މީހުން ހައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވާއިރު ހައްޖަށް މީހުން ދާނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެ އެވެ.