ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފެށުން
2024-06-25 16:38:19
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން މެދުކެނޑިފައި އޮތުމަށް ފަހު އަލުން އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށީ އިއްޔެ އެވެ. އެޗްޑީސީން އެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެންނެވެ. އެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. އެ އަށް ފަހު، އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާ ކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެން ކަމަށް އެޗްޑީސީން ބުނެއެވެ.