ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުުޅު
2024-06-10 20:06:02
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިންޑިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވަނީ މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައި ވަނިކޮށެވެ. ރައީސްގެ މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށް ބެލެވެ އެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒުވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރައްވާފައެވެ. އެހެން ގައުމުތަކުގެ އިސްވެރީންނާ މޯދީ ބައްދަލު ކުރެއްވި ނަމަވެސް، މުޅި ދަތުރުފުޅުގެ ތެރެއިން ފެންނަނީ މޯދީ އާއި ރައީސް މުޢިއްޒު ވަރަށް އަރިހުގައިި ތިއްބަވާ މަންޒަރެވެ.