ads
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
ދިވެހި ނޭނގޭ ކަމަށް ބުނި އެހެން މީހާ، މީހަކަށް މަރުގެ އިންޒާރުދިން
ދިވެހި ބަސް ނޭނގޭ ކަމަށް ކޯޓުގައި ބުނުމުން ތަރުޖަމާނަކު ހަމަ ޖައްސަން ފުރުސަތު ދިން ދިވެހި ފިރިހެން މީހާ، އެހެން މީހަކަށް މަރުގެ އިންޒާރު ދިންކަން އެނގިއްޖެއެވެ.

ކުރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން ދިވެހި ބަސް ނޭނގޭ ކަމަށް ބުނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ނަމަކީ ހަސަން އަޖުއާން، މ. ފެންވިނައެވެ. 

ދިވެހި ބާސް ނޭނގޭ ކަމަށް އޭނާ ބުނުމުން، ޝަރީއަތުން އޭނާއަށް ތަރުޖަމާނަކު ހަމަ ޖައްސައްސަން ފުރުސަތު ދިންކަމަށް އޭނާގެ ފުރަތަމަ ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ފަހުން އޭނާ 30 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

ދެވަނަ ފަހަރު އޭނާ ކޯޓަށް ހާޒިރުކޮށް ބަންދު މުއްދުގައި މަޖިލީހުގައި އޭނާވަނީ މަރުގެ އިންޒާރު ދިން ކަމަށް އިއުތިރާފުވެފައި ކަމަށް އޭނާގެ ބަންދު މުއްދަތު ރިޕޯޓުން އެނގެއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ. މުދަލަށް ގެއްލުންދިން ކަމަށްވެސް އޭނާ ކޯޓުގައި އިއުތިރާފުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް