ads
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ނަޒޫ އިންތިހާބު ނުވީ ފައިސަލްއާ ހެދި
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، މަސައްކަތް ކުރެއްވި ކަމަށް އެ ދާއިރާއަށް ވާދަ ކުރެއްވި ފައިސަލްގެ ކޮއްކޮ، ނަޒްރާ ނަސީމް (ނަޒޫ) ގެ ކެމްޕެއިން ޓީމުން ތުހުމަތުކޮށްފި އެވެ.

ނަޒޫގެ ކެމްޕެއިން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ.

އެ މައްސަލަ އެ ދާއިރާގެ ކެމްޕެއިން ޓީމުން އެމްޑީޕީގެ ކަމާ ގުޅޭ ގުނަންތަކަށް ހުށައަޅާނެ މައުލޫމާތު ލިބިފައިވެ އެވެ.


ރިޕޯޓުތައް ބުނާ ގޮތުން ފައިސަލްގެ އާއިލާ އަދި ދާއިރާގެ ވަރަށް ގިނަ ބަޔަކަށް ގުޅާ ނަޒޫއާ ދެކޮޅަށް ތަކުރާރުކޮށް ފައިސަލް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ފައިސަލްއާ ނަޒޫއަކީ ދެބެންނެވެ. 

މިކަހަލަ ތުހުމަތުތަކެއްކޮށް ނަޒޫގެ ފިރިކަލުން އަދި ކުރީގެ ވަޒީރު މަހްލޫފުގެ ޗެޓްލޮގެއް ކަމަަށް ބެލެވޭ ޗެޓްލޮގެއް ސޯޝަލް މީޑިއާގައި މިއަދު އާއްމުވެސް ވެފައިވެ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް