ads
އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ ނަތީޖާ ފާޅުކުރުން - ފޮޓޯ:އުރީދޫ
އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަނަކަށް ޒަމީލް
އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ ނަތީޖާ ފާޅުކޮށްފި އެވެ.

މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ، ހޫނު ތަރުހީބެއް ލިބުނު މި މުބާރާތް އުރީދޫން ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެންނެވެ.

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ:

  • ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (8،000 ރުފިޔާ)
  • ރަނައަޕް: ރާއިދު ހަސަން (4،500 ރުފިޔާ)
  • ދެވަނަ ރަނައަޕް: މުހައްމަދު ރިޝްފާން އަހްމަދު (2500 ރުފިޔާ)

އުރީދޫ ނޭޝަންގެ ފަރާތުން ރާވައިގެން ކުރިއަށް ގެންދާ މި މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މުބާރާތްތަކެއް ކަމަށް އުރީދޫން ބުނެ އެވެ.

your imageއުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއް ކުރިއަށް ދަނީ - ފޮޓޯ:އުރީދޫ

އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ކަަމަށެވެ. 

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރެވިގެން ދާނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް