ads
ޑރ ޝަހީމާއި އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމް
ހޮވުނު މެމްބަރުން ގުޅަން އިސްލާމިކް މިނިސްޓްރީން ޕޮލިޓިކަލް ޑިރެކްޓަރެއް
ރައްޔިތުން މަޖލީހުން ހޮވުނު މެމްބަރުން ކަންކަން ކުރުމަށް އިސްލާމިކް މިނިސްޓްރީން ގުޅަން ޕޮލިޓިކަލް ޑިރެކްޓަރެއް އެ މިނިސްޓްރީން ދައްކައިފިއެވެ.

އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައްޔިތުން މަޖިލީހަށް އަލަށް ހޮވުނު މެމްބަރުން އެ މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ގުޅަން ހާއްސަ މަންދޫބެއް ހަމަޖައްސާފައިވާކަމަށެވެ. އެ މަންދޫބަކީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމްކަމަށް ޑރ ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ. 

ޔާސީން ނައީމަކީ މިފަހަު ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ސައުދުالله ހިލްމީ ގެ ކޮއްކޯފުޅެވެ. އަދި ޑރ. ޝަހީމްގެ އާއިލާއިން ކުރެއްވި ރަނުގެ ވިޔަފާރީގެ ހިސާބު ކަންކަން ބެލެހެއްޓުމުގައި އެ ކުންފުނީގައި އިސްކޮށް ހުންނެވީވެސް ޔާސިން ނައީމްއެވެ. 

މިނިސްޓަރ ޝަހީމް ވިދާޅުވީ އެ މިނިސްޓްރީން ކަނޑައެޅި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރަށް ގުޅުމުން، ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެން ގޮތަށް އިސްލާމިކް މިނިސްޓްރީން ބޭނުންފުޅުވާ ހުރިހާ ޚިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެވޭނެކަމަށެވެ. 

"މަޖްލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމުން އެބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ. ޕާޓީތަށް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ޚިދުމަތް ދެވޭނެ." ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖްގައިވެއެވެ.

އިސްލާމިކް މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި 21 ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެތެރޭގައި މިނިސްޓަރުން ފެންވަރުންގެ ބޭފުޅުން ފެށިގެން ޕޮލިޓިކަލް ޑިރެކްޓްރަންނާއި ހަމައަށް ސިޔާސީ މަގާމުތައް އެބަހުއްޓެވެ. 

އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމުތައް 

  • 1 ބޭފުޅަކު  - މިނިސްޓަރުން ފެންވަރުގެ 
  • 2 ބޭފުޅަކު  - ސްޓޭޓް މިނިސްޓަރުން ފެންވަރުގެ
  • 9 ބޭފުޅަކު  - ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގައި 
  • 3 ބޭފުޅަކު  - ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ފެންވަރުގައި
  • 6 ބޭފުޅަކު  - ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 

މިިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖލީހުގެ އިންތިހާބުގައި 66 ގޮނޑި ވެރިކަން ކުރާ ޕީއެންސީ ހޯދާ ތާރީހީ މޮޅެއް އެޕާޓީން ވަނީ ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް